އިންޑިއާގެ އެންމެ ބޮޑު ސިޓީ، މުމްބާއީގައި ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި 70 މީޓަރު ދިގު އަދި 50 މީޓަރު ފުޅާ ބިލްބޯޑު ވެއްޓުނީ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުންނެވެ.
އެ ހާދިސާގައި ގިނަ ބަަޔަކު މަރުވީ ޕެޓްރޯލް ސްޓޭޝަނަކަށާއި ގެތަކެއްގެ މައްޗަށް ބޯޑު ވެއްޓުމުންނެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ހާދިސާ ހިނގުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުން ބުނާ ގޮތުން ބޯޑުގެ ދަށުގައި ތާށިވެފައި ތިބި ބަޔަކު އަދިވެސް ތިބެދާނެއެވެ.