ދުނިޔެ

ރަޝިޔާގައި ފްލައިޓެއްގައި ރޯވެ މަރުވި މީހުންގެ އާއިލާތަކަށް މިނިސްޓަރު ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ރަޝިޔާގެ ފްލައިޓެއްގައި ރޯވެ މަރުވި މީހުންގެ އާއިލާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ މުރްމަންސްކް އަށް ދަތުރުކުރި އެއިރޯ ފްލައިޓްގައި އަލިފާން ރޯވުމުން އިމަޖެންސީގައި ލޭންޑް ކުރުމުގެ ތެރޭ ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި ހިތާމަވެރި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، ރަޝިއާ އަދި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާއެކު ވާކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ.