އަފްގާނިސްތާނުގައި ފެންބޮޑުވެ 315 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އަފްގާނިސްތާނުގެ އުތުރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި 1،600 އަށްވުރެން ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެތައް ހާސް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ވެފައިވަނީ އަފްގާނިސްތާނުގެ ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށެވެ. އެހީ ދޭ ޖަމާއަތްތަކާއި ގުރޫޕުތަކުން ބުނާ ގޮތުން އެ ސަރަހައްދުގެ އާންމު ހާލަތު ވަރަށް ދަށެވެ. އަދި އެހީ ފޮނުވަން އޮންނަ މަގުތައް ހަލާކުވެ އެ ހިސާބު ވަނީ ބަންދުވެފައެވެ.