އިންޑިއާގެ ބަޑިބޭސް ފެކްޓަރީ އެއް ގޮވައި ނުވަ މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ދެކުނުގައި އޮންނަ ޓަމިލްނާޑޫގައި ހުންނަ އެ ފެކްޓްރީގައި އިއްޔެ އެ ހާދިސާ ހިނގީ އެ ތަނުގެ ތެރޭގައި މަސައްކަތްތެރިން ތިއްބައެވެ.
އެ ހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ފަސް އަންހެނުންވެސް ހިމެނޭއިރު އެތައް ބަޔަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ހިނގި ގޮތް ހޯދުމަށް ތަހުގީގެއް ވަނީ ފަށައިފައެވެ. މިހާތަނަށް ބެލެވޭ ގޮތުން އެ ހާދިސާ ހިނގަން މެދުވެރިވީ ބަޑިބޭސް ގެންގުޅުމުގެ ތެރޭގައި އަޅި ކެނޑިގެން ހިނގި އަލިފާނުގެ ހާދިސާއަކުންނެވެ.