ހޮލީވުޑް

ދެހަފްތާ ތެރޭގައި ބޮކްސް އޮފީހުން ދެވަނައަށް އެންމެ ބޮޑު އާންދަނީއެއް ލިބުނު ފިލްމަށް އެވެންޖާސް އެންޑް ގޭމް

މާވެލް ސިނަމެޓިކް ޔުނިވާސްގެ ފިލްމު އެވެންޖާސްގެ އެންޑް ގޭމަށް ދެ ބިލިއަން ޑޮލަރު ދެހަފްތާތެރޭގައި ލިބި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ޝަރަފު ލިބިއްޖެއެވެ.

މިއީ ފިލްމަކަށް މިހާތަނަށް އެހާ އަވަހަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އެވެންޖާސް އެންޑްގޭމަށް ދެވަނަ ދަރަޖަ ލިބުނީ އެ މަގާމުގައި މިހާތަނަށް އޮތް ޓައިޓޭނިކްވެސް ވައްޓާލުމަށްފަހުއެވެ. އެއީވެސް އެންމެ 11 ދުވަހުންނެވެ. މިވަގުތު އެއް ވަނަ މަގާމުގައި އޮތް އެވޭޓަރ ފިލްމަށްވެސް ދެ ބިލިއަން ޑޮލަރު ލިބިގެން ދިޔައީ 47 ދުވަހުން ކަމަށް ވާތީ އެވެންޖާސް ވަނީ އެންމެ އަވަހަށް ދެވަނަ ދަރަޖަ ލިބިގެން ދިޔަ ފިލްމަށް ވެގެން ގޮސްފައެވެ.

މިހާތަނަށް ދެބިލިއަންގެ ފައިދާއެއް ދުނިޔޭގައި ލިބިފައިވަނީ ފަސް ފިލްމަކަށެވެ. އެއީ އެވޭޓާ (2.78 ބިލިއަން ޑޮަލަރު)، ޓައިޓޭނިކް (2.187 ބިލިއަން ޑޮަލަރު)، ސްޓާ ވޯރސް: ދަ ފޯސް އަވޭކަންސް (2.06 ބިލިއަން ޑޮލަރު) އަދި އެވެންޖާސް: އިންފިނިޓީ ވޯ (2.04 ބިލިއަން ޑޮލަރު) އެވެ.