މުހައްމަދު އައުޒަމް
ހުރިހާ ގައުމުތަކެއްގައި ހުރި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންތައް ނަގަން އެކުންފުނިން ނިންމައިފިއެވެ.
އެސްްޓްރާޒެނެކާއިން އަންގާރަ ދުވަހު ބުނީ އެކުންފުނިން ކޮވިޑް ވެކްސިންތައް ހުރިހާ ގައުމުތަކަކުން ނެގުމަށް ނިންމާފައިވަނީ ދުނިޔޭގައި ކޮވިޑްގެ ނުރައްކާ ދަށްވެ ކޮވިޑަށް ހާއްސަ ވެކްސިން އެކި ކުންފުނިތަކުން އުފައްދައި ބޭނުން ވާވަރަށް ލިބެން ހުރުމުން ކަމަށް ބުނެފައެވެ.
ދުނިޔެއިން ކޮވިޑް ފެނުމަށްފަހު ގިނަ އަދަދެއްގެ ކޮވިޑް ވޭރިއަންޓް ފެނިފައިވާ އިރު، ކޮންމެ ވޭރިއަންޓަކަށް ހާއްސަ ވެކްސިން ލިބެން ހުންނަ ކަމަށްވެސް އެސްޓްރާޒެނެކާ އިން ބުނެއެވެ.
އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ނެގުމުގެ މަސައްކަތް ފަށާފައިވާ އިރު، ދާދިފަހުން ވަނީ ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމެއްގައި އެސްޓްރާޒެނެކާ އިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ސަބަބުން ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވާ ކަމަށް އެއްބަސްވެފައެވެ.