މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އައިމިނަތު އަޒްރާ އާއި އިސްމާއިލް ސުވައިދު ހޯދައިފިއެވެ.
މާލޭ ބިލިއާޑް އެރީނާގައި ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، އަންހެން ޑިވިޝަނުގެ ފައިނަލް ދިޔައީ ފޯރިގަދަކޮށެވެ. ފައިނަލުގައި އަޒްރާ އާއި ފާތިމަތު ހަލީމް ވާދަކޮށްފައިވާ އިރު، އަޒްރާ މެޗު ކާމިޔާބުކުރީ 6-7 ފްރޭމުންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، މުހައްމަދު ސާހިލް ހަމީދުގެ މައްޗަށް ސުވައިދު ކުރިހޯދީ 11-8 ފްރޭމުންނެވެ. މިފަހަރުގެ 8 ބޯލް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ރަން އައުޓް ހެދި ކުޅުންތެރިންނަކީ، ސުވައިދު އާއި ދީނާ އަހުމަދެވެ.
މުބާރާތުގެ ފައިނަލް މެޗުތަކާއި ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.