ވިޔަފާރީގެ މަޝްވަރާއަކަށް އުތުރު ކޮރެއާގެ ޓީމެއް އިރާނަށް ގޮސްފިއެވެ.
އުތުރު ކޮރެއާގެ ވަފުދެއް އިރާނަށް މި ދިޔައީ އިރާނުގައި މިދިޔަ ހަފުތާގައި ބޭއްވި އިރާނިއަން އެކްސްޕޯގައި ބައިވެރިވުމަށެވެ.
އިރާންގެ ފޮރިން މިނިސްޓްރީން ބުނީ، އެ އެކްސްޕޯގެ ތެރެއިން އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި އެ ގައުމުގެ ޕްރައިވެޓް ކުންފުނިތަކުން އުތުރު ކޮރެއާގެ ވަފުދާ ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މީގެ ކުރިން ހުޅަނގުން ވަނީ އުތުރު ކޮރެއާއާއި އިރާނުން ހަނގުރާމަމަތީ ބަރު ހަތިޔާރު އުފެއްދުމާއި އެކަމުގެ ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް އިރާނުން ދޮގުކުރެއެވެ.