ދުނިޔެ

އިރާގުގެ ޓިކްޓޮކް ތަރި ފަހަދު މަރާލައިފި

މުހައްމަދު އައުޒަމް

އިރާގުގެ ޓިކްޓޮކް ތަރި ފަހަދު މަރާލައިފިއެވެ.

އިރާގުގެ މަޝްހޫރު ޓިކްޓޮކް ތަރި ގުފްރާން ސަވާދީ ނުވަތަ ޓިކްޓޮކް ނަމުން ނަމަ ފަހަދު މަރާލާފައި ވަނީ ބަގްދާދުގައި ހުންނާ އޭނާގެ ގޭގެ ކުރިމަތީގައި ކަމަށް ފުލުހުން ބުނެއެވެ.

ފަހަދު މަރާލާފައި ވަނީ އޭނާގެ ގޭގެ ކުރިމަތީގައި ހުއްޓާ ކާކުކަން ނޭނގޭ މީހަކު ސައިލަކެއްގައި ގޮސް ބަޑީން ހަމަލާދީގެން ކަމަށް ބަގްދާދުގެ ފުލުހުން ބުނެއެވެ.

ފަހަދު ވެފައިވަނީ އިރާގުގެ އާންމު ގަވާއިދުތަކާ ހިލާފުވާ ކޮންޓެންޓު ޓިކްޓޮކްގައި ހިއްސާކޮށްގެން މަޝްހޫރުކަން ލިބިފައިވާ ތަރިއެއްގެ ގޮތުގައެވެ. ފަހަދު މީގެ ކުރިން ވެސް ވަނީ އެ ގައުމުގެ އާންމު ގަވާއިދުތަކާ ހިލާފު ވީޑިއޯ ހެދި މައްސަަލައެއްގައި ހަމަސްދުވަހަށް ޖަލަށްވެސް ލާފައެވެ.

އިރާގުގައި މިދިޔަ އަހަރުވެސް ވަނީ ޓިކްޓޮކް ތަރިޔަކަށް ބަޑިން ހަމަލާދީ މަރާލާފައެވެ. ނޫރު ނަމުން މަޝްހޫރުވެފައިވާ އެމީހާ މަރާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.