ދުނިޔެ

ބެންކޮކްގެ އިހުސާސް ކުރެވޭ ހޫނުމިން 52 ޑިގްރީއަށް އަރާފާނެކަމުގެ އިންޒާރުދީފި

މުހައްމަދު އައުޒަމް

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އިހުސާސް ކުރެވޭ ހޫނުމިން 52 ޑިގްރީއަށް އަރާފާނެކަމުގެ އިންޒާރުދީފިއެވެ.

ތައިލެންޑްގެ ހޫނުމިން ނުރައްކާ ދަރަޖައަކަށް އުފުލިފައިވާއިރު އެކަމުގެ ސަބަބުން ދިމާވި ސިއްހީ އެކި މައްސަލަތަކުގައި 30 މީހަކު ވަނީ މަރުވެފައެވެ.

ބެންކޮކްގެ ފިނިހޫނުމިން އިއްޔެ ހުރީ 40.1 ޑިގްރީގައެވެ. ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 52 ޑިގްރީއަށް އަރާފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ބެންކޮކްގެ ހޫނުމިން މަތިވުމާއެކު އެ ސިޓީގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ކޮންމެހެން ނުކުންނަށް ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.