ކެރެލާއިން ދޫނި ރޯގާގެ ކޭސްތަކެއް ފެނި އެލާޓް ނެރެފިއެވެ.
އޮފިޝަލުން ބުނީ ދޫނި ރޯގާގެ ބަލިމަޑުކަމެއް ފެތުރިފައިވާ ކަމަށާއި ކެރެލާގެ ޑިސްޓްރިކްޓްތައް ކަމަށްވާ ކަރްނާޓަކާއި މަންގަލޫރު ހައި އެލާޓަށް ގެނެސްފައިވާ ކަމަށެވެ.
ކެރެލާގެ ގިނަ ސަރަހައްދު ތަކުން ކޭސްތައް ފެނުމާ އެކު ދޫނި ރޯގާ ފެތުރެން މެދުވެރިވާ ހުރިހާ ކަންކަމެއް ގާތުން ބަލަމުންދާ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދިރޭ ދޫނި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވަސީލަތްތަކުގައި އުފުލުން ވެސް ވަނީ މަނާކޮށްފައެވެ.
އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނީ ދޫނި ރޯގާ ފެތުރޭ ސަރަހައްދުތަކުގެ އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ބަލި ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ހާއްސަ ސްކުރީނުތަކެއް ދިނުމުގެ މަސައްކަތް ވެސް ފަށާފައި ކަމަށެވެ.