ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލަގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރުފަހު 1:00 އަށް މާލެއިން ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
ވިލިމާލޭގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލުގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ކަމަށާއި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި އާންމުކޮށް ކައިބޮއި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގު ކަމަށެވެ.
އެގޮތުން އާދައިގެ ހަނޑޫ ނަމަ 15ރ.
2. ތައިލެންޑު ހުދު ހަނޑޫ ނަމަ 45ރ.
3. ބާސްމަތީ ހަނޑުލުން ނަމަ 95ރ.
4. ރަތް ހަނޑުލުން 75ރ.
5. އާދައިގެ ފުށުން ނަމަ 15ރ.
6. އާޓާ ފުށުން ނަމަ 60ރ. އެވެ.