ދުނިޔެ

ހަމަލާއަށް ފަހު އިރާނުގެ އެއާޕޯޓުތައް އަލުން ހުޅުވާލައިފި

މުހައްމަދު އައުޒަމް

ހަމަލާއަށްފަހު އިރާނުގެ އެއާޕޯޓުތައް އަލުން ހުޅުވާލައިފިއެވެ.

އެތައް ސަތޭކަ ރޮކެޓަކާއި ޑްރޯންތައް ބޭނުން ކޮށްގެން އިރާނުން އިސްރާއީލަށް ދިން ހަމަލާއަށް އެ ގައުމުގެ ހުރިހާ އެއާޕޯޓުތައް ވަނީ ބަންދުކޮށްފައެވެ.

އިރާނުން މިހާރު ވަނީ ގައުމު އާންމު ހާލަތަކަށް ގެނެސް އެ ގައުމުގެ ހުރިހާ އެއާޕޯޓުތައް އިއްޔެ ހެނދުނުން ފެށިގެން ހުޅުވާލައި، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޝެޑިއުލް ދަތުރުތައްވެސް ފަށައިފައެވެ.

އިރާނުގެ އިތުރުން އަވަށްޓެރި އެހެން ގައުމުތަކުންވެސް ވަނީ އިރާނުގެ ހަމަލާއާއެކު ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށްފައެވެ.

އިރާނުން ދިން ހަމަލާގެ 99 ޕަސެންޓް ނާކާމިޔާބު ކޮށްލި ކަމަށް އިސްރާއީލުން ބުނި ނަމަވެސް އެ ގައުމުގެ އަސްކަރީ ޒޯންތަކަކަށް ބައެއް ހަމަލާ ވަނީ އަރައިފައެވެ.