ދުނިޔެ

މިއީ ހަނގުރާމައަށް ތައްޔާރުވާންވީ ވަގުތު: ކިމް ޖޮންގް އުން

މުހައްމަދު އައުޒަމް

މިއީ ހަނގުރާމައަށް ތައްޔާރުވާންވީ ވަގުތު ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަވަށްޓެރި ގައުމުތަކުގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށާއި އޭގެ މާނައަކީ އުތުރު ކޮރެއާއިން ހަނގުރާމަ އަށް ތައްޔާރުވާން ޖެހިފައިވާކަން ކަމަށް ވިދާޅުވިއެވެ.

ބުދަ ދުވަހު އެގައުމުގެ ޔުނިވާސިޓީ އޮފް މިލިޓަރީ އެންޑް ޕޮލިޓިކްސް އަށް ކިމް ޖޮންގް ކުރެއްވި ޒިޔާރަތުގައި ހަނގުރާމައަށް ތައްޔާރުވުމަށް ގޮވާލައްވާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އުތުރު ކޮރެއާއިން މިފަހުން ވަނީ އެގައުމުގެ މިލިޓަރީ ބާރުވެރިކަން އިތުރުކުރުމަށް ގިނަ ކަންކަން ފުރިހަމަކޮށްފައެވެ. އެގޮތުން އެގައުމުން އަމިއްލައަށް އުފައްދާ ހަތިޔާރު އުފެއްދުން އިތުރުކޮށް ޓެސްޓުތައް ކުރުމުގެ އިތުރުން ޑްރިލްތައް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ކިމް ވަނީ އެގައުމުގެ ވާދަވެރިންގެ އެންމެ ހަމަލާއެއް އަމާޒުވިޔަސް އެކަމުގެ ބަދަލުގައި ހަމަލާ ދިނުމަށް ތައްޔާރަށް ތިބުމަށް ވެސް އަމުރުކުރައްވައިފައެވެ. އެގޮތުން ތައްޔާރީ ހާލަތަކަށް ގެނައުމަށް ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފައިވެއެވެ.