މުހައްމަދު އައުޒަމް
އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސް ލީޑަރުގެ ތިން ދަރިން ޝަހީދުކޮށްލައިފިއެވެ.
ހަމާސްގެ ހަބަރުތައް ރިޕޯޓު ކުރާ ނޫހަކުން ވަނީ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ދަރިންގެ އިތުރުން ހަތަރު ކާފަ ދަރިންވެސް ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.
ހަނިއްޔާއާ ހަވާލާދީ އެ ނޫހުން ވަނީ އެ ކުދިން ޝަހީދުކޮށްލާފައި ވަނީ ގާޒާ ކައިރީގައި އޮންނަ އަލް ޝާތީ ކޭމްޕަށް ދަތުރުކުރަނިކޮށް ކާރަށް ދިން ހަމަލާއެއްގައި ކަމަށް ބުނެފައެވެ
ހަމަލާ ދިން ނަމަވެސް ހަމާސް އިން ގެންގުޅޭ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކަށް ހުށަހަޅާ ކަންތައްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ލީޑަރު ވަނީ ބުނެފައެވެ.
އިޒްރޭލުން ވަނީ ހަމަލާ ދީފައިވަނީ އެކާރުގައި ދަތުރުކުރީ ހަނިއްޔާގެ ދަރިން ކަމަށް އެނގި ތިބެ ކަމަށާއި އެމީހުންނަކީ ހަމާސްގެ މިލިޓަރީ ވިންގަށް ނިސްބަތްވާ މީހުން ކަމަށް ބުނެފައެވެ.
އަލްޖަޒީރާއާ ވާހަކަދައްކަމުން ހަނިއްޔާ ވަނީ އޭނާގެ ތިން ދަރިން މި ހުރިހާ ދުވަހު ތިބީ ގާޒާގައި ކަމަށް ބުނެފައެވެ. އަދި ދަތުރު ކުރަން ފަށާފައިވަނީ އާއިލާ މީހުންނާ އެކީ އީދު ފާހަގަކުރުމަށް ކަމަށް ބުނެފައިވެއެވެ.
މަޝްރަހު ފިނި ނުވެ، ހަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާ އިރު، ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ ވާހަކަތަކަށް ލީޑަރުންތައް ވަނީ މިސްރަށް ޖަމާވާން ފަށައިފައެވެ.