ދުނިޔެ

މޮޒަންބީގުގައި ފެރީއެއް ބަންޑުން ޖަހާލައި 94 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

މޮޒަންބީގުގައި ފެރީއެއް ބަންޑުން ޖަހާލައި 94 މީހުން މަރުވެއްޖެއެވެ.

އޮފިޝަލުން ބުނާ ގޮތުން މޮޒަންބީގުގެ ލުންގާ އިން ނަމްޕޫލާއަށް ހޯމަ ދުވަހު ދަތުރުކުރި އެ ފެރީ ބަންޑުން ޖަހާލީ އުފުލަންޖެހޭ ވަރަށް ވުރެން ގިނަ މީހުން އަރުވައިގެން ދަތުރުކުރަނިކޮށް ޖެހި ރާޅެއްގެ ފެރީ އަރިއަޅާލުމުގެ ސަބަބުންނެވެ.

އަދި އެ ފެރީއަކީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވަމުންދިޔަ ފެރީއެއް ކަމަށްވެސް މޮޒަންބީގުގެ މެރިން ޓްރާންސްޕޯޓް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އެ ފެރީން ދަތުރުކުރި 94 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފައެވެ. ނަމަވެސް އެ ފެރީން ދަތުރުކުރި ސީދާ އަދަދެއް އަދިވެސް ކަށަވަރެއް ނުވެއެވެ.

މޮޒަންބީގުގެ ގައުމީ ޓީވީއާއި ހަވާލާދީ އޮފިޝަލުން ވަނީ އެ ފެރީއަކީ އެ ގައުމުގެ ލުންގާގައި ފެތުރެން ފަށާފައިވާ ކޮލެރާއިން ސަލާމަތްވުމަށް އެހެން ސިޓީތަކަށް ބަދަލުވާ މީހުން އަރުވައިގެން ދަތުރުކުރި ފެރީއެއް ކަމަށް ބުނެފައެވެ.