އަންނަ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން، މިމަހު ފައެއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ވިދާޅުވީ، މިމަހު ފަހެއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ އަންނަ ރޯދަމަހަށް ތައްޔާރުވުމަށް ވަގުތު ދިނުމަށް ކަމަށެވެ.
ކަލަންޑަރުގައިވާގޮތުން މިމަހު ހައެއްވާ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
މިފަހަރު ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމުގެ ގޮތުން ހަނދުބެލުމަށް ހަމަޖެހިފައި ވަނީ، އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.