އިންޑިއާގައި އައިއީޑީއެއް ގޮއްވާލައި 15 ސިފައިންގެ މީހަކު މަރާލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މަހަރާސްތުރާ ސްޓޭޓުގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެންނެވެ.
މަހަރާޝްތުރާގެ ގަޑްޗިރޮލީގައި މި ހަމަލާދިނީ އެ ސްޓޭޓުގައި ވަކިވެގަނެގެން އުޅޭ ޖަމާއަތެއް ކަމަށްވާ ނަޒަލް ޖަމާއަތުންކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާ ސިފައިންގެ ކޮމާންޑަރުން ގޮވައިގެން ދަތުރު ކުރި ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް ނަޒަލް ޖަމާއަތުން އައިއީޑީއެއް ބޭނުންކޮށް ދިން މި ހަމަލާގައި މަރުވެފައި ވަނީ އިންޑިއާ ކޮމާންޑޯގެ 15 ސިފައިންގެ ކޮމާންޑަރުންނެވެ. އަދި މީގެ އިތުރުން ޑްރައިވަރަކު ވަނީ މިހާދިސާގައި މަރުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މައޮއިސްޓް ޖަމާއަތުން ނުވަތަ ނަޒަލް ޖަމާއަތުން މިދިޔަ މަހުގެ ތެރޭގައި ޗައްތިސްގަރުގައި ދިން ހަމަލާގައި ފަސް މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި އެސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ މެމްބަރެއް ވެސް ހިމެނެއެވެ.