ދުނިޔެ

އާގުބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

އާގުބޯޓަކުން ޖެހި އެމެރިކާގެ ބަލްޓިމޯ ކީ ބްރިޖު ވެއްޓިއްޖެ އެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ބްރިޖުގައި އާގުބޯޓު ޖެހުނީ ކޮންޓްރޯލް ނުވެގެންނެވެ. ބުރިޖު ވެއްޓުމާއެކު އެ ވަގުތު ބްރިޖުން ދަތުރުކުރަމުންދިޔަ 20 މީހުން މޫދަށް ވެއްޓިފައިވާއިރު އޭގެތެރެއިން ދެ މީހަކު މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުންނާއި ޑައިވަރުންނާއި ކޯސްޓްގާޑު ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

މެރީލޭންޑް ސްޓޭޓްގެ ގަވަރުނަރު ވެސް މޫރޭ ވިދާޅުވި ގޮތުގައި، އާގުބޯޓު ބްރިޖުގައި ޖެހުނު ވަގުތު އެ ބޯޓުގައި ކަރަންޓު ނެތް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ކަމެއް ވެގެން އުޅޭކަމުގެ ސިގުނަލް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.