ދުނިޔެ

ވިއެޓްނާމްގެ ރައީސް ދައުރުގެ ފުރަތަމަ އަހަރު ނިމުމާއެކު އިސްތިއުފާ ދެއްވައިފި

މުހައްމަދު އައުޒަމް

ވިއެޓްނާމްގެ ރައީސް، އޭނާގެ ދައުރުގެ ފުރަތަމަ އަހަރު ނިމުމާއެކު އިސްތިއުފާ ދެއްވައިފިއެވެ.

ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީއަށް ނިސްބަތްވާ އެގައުމުގެ ރައީސް ވޯ ވަން ތުއޮންގް ވަނީ އިސްތިއުފާގެ ސިޓީ ބުދަ ދުވަހު އެގައުމުގެ ސަރުކާރަށް ހުށަހަޅުއްވައިފައެވެ.

ވިއެޓްނާމް ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ތުއޮންގް ވަނީ ޕާޓީގެ ގަވާއިދާ ހިލާފުވެ އެގައުމުގެ އާންމުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލުވާލާފައި ކަމަށް ބުނެފައެވެ. އަދި ކޮމިއުނިސްޓް ޕާޓީއަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންތިހާބު ވިތާ އަހަރެއް ހަމަވުމާއެކު ތުއޮންގް އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުން ކޮމިއުނިސްޓް ޕާޓީގެ ހާއްސަ ކޮމެޓީ އަކުން ވަނީ ބަލައިގެންފައެވެ. އެއީ އެޕާޓީގެ އެންމެ ފަހުގެ ނިންމުން ނިންމާ ކޮމެޓީ ކަމަށް އޮފިޝަލުން ބުނެއެވެ.

ރައީސްގެ އިސްތިއުފާ އަށްފަހު ދެން ގޮތެއް ނިންމުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަދި ނައިބު ރައީސް އެމަގާމަށް އައްޔަން ކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.