މުހައްމަދު އައުޒަމް
ފޭކު ޕާސްޕޯޓެއް ހެއްދި މައްސަލައެއްގައި ލަންކާގެ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ ހައްޔަރުކޮށްފިއެވެ.
ލަންކާގެ ސީއައިޑީއިން ހިންގި ތަހުގީގަކަށް ފަހު އެގައުމުގެ އިމިގްރޭޝަން ޑެޕިއުޓީ ކޮންޓްރޯލާ ހައްޔަރުކޮށްފައިވާ އިރު، އެމައްސަލައާ ގުޅުން ހުރި ކަމުގެ ހެކިތަކެއް ހުރުމުން އެގައުމުގެ ކުރީގެ އިމިގްރޭޝަން ޑެޕިއުޓީ ކޮންޓްރޯލާ ވެސް ހައްޔަރުކޮށްފައިވެއެވެ.
ލަންކާގެ ފުލުހުން ވަނީ ސީއައިޑީއިން ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުން އިމިގްރޭޝަން ޑެޕިއުޓީ ކޮންޓްރޯލާ އެގައުމުގެ ނަން މަޝްހޫރު ކުށްވެރިން ކަމަށްވާ ނުރޭޝް ސުޕުން ދަޔަރަތްނޭގެ އިތުރުން ޝާހް އަރޯޝް ލިޔަނަގެ ފޭކު ޕާސްޕޯޓު ހައްދާފައިވާ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ފޭކް ޕާސްޕޯޓުގައި އެމީހުންގެ ނަމާއި އެހެނިގެން މުހިއްމު މައުލޫމާތުތައް އޮޅުވާލާފައި ހުރި ކަމަށް ތަހުގީގަށް ހާމަވެފައިވާ ކަމަށް ބުނެފައެވެ.