ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ޑރ. އިޔާޒުގެ ސުވާލެއް ޖުޑިޝަރީއަށް: ޝަރީއަތް ނިމެންދެން ހައްޔަރުގައި ބެހެއްޓުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟

ޝަރީއަތް ނިމެންދެން ހައްޔަރުގައި މީހުން ބޭތިއްބުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ ވިދާޅުވެ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ޖުޑިޝަރީއަށް ސުވާލެއް ކުރިމަތިކުރައްވައިފި އެވެ.

ޑރ. އިޔާޒު މިފަދައިން ސުވާލު ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. އިޔާޒުގެ ޓުވީޓުގައި ވަނީ ޝަރީއަތް ނިމެންދެން މީހުން ހައްޔަރުކޮށް، އަހަރު ނުވަތަ ދެއަހަރު ވަންދެން ބެހެއްޓުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ސުވާލުކުރައްވާފައެވެ.

އަދި ބަރަކާތްތެރި ރަމަޟާން މަހާއި ކުރިމަތިލާއިރު މިފަދަ ބޮޑެތި އަނިޔާތައް ހުއްޓުވަން ނުވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ކުށުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުން ބަންދުގައި ބައިިއްބަނީ ޝަރުއީ ކޯޓަކުން ކުރާ ހުކުމެއްގެ ދަށުންނެވެ.