މުހައްމަދު އައުޒަމް
އެއާބީއެންބީ މެދުވެރިކޮށް ދޫކުރާ ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުން މަނާކޮށްފިއެވެ.
އެއާބީއެންބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނި މެދުވެރިކޮށް ނަގާ ތަންތަނުގައި ހުންނަ ކެމެރާ ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގަމުންދާތީ، އަންނަ މަހަށްފަހު އެ ކުންފުނި މެދުވެރިކޮށް ދޫކުރާ އެއްވެސް ތަނެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރުން މަނާކޮށް އުސޫލު އިސްލާހު ކޮށްފައިވާ ކަމަށެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނި މެދުވެރިކޮށް ހިދުމަތް ދޭ ތަންތަނުގައި އާ އުސޫލާ އެއްގޮތައް އަމަލު ކުރުމަށް އަންގާފައިވާއިރު، އެއާބީއެންބީން ބުނީ، އެކަމުގެ ސަބަބުން އެ ކުންފުނި ބޭނުންކުރާ ފަރާތްތަކަށް ހިދުމަތް އިތުރަށް ފުރިހަމަކޮށް ދެވޭނެ ކަމަށެވެ.