ޖާސޫސު ކުރިކަމުގެ ތުހުމަތުގައި ރަޝިޔާ އިން ދެކުނު ކޮރެއާ މީހަކު ހައްޔަރުކޮށްފިއެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާ ޓަސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައެކް ވޮން ސޫން ހައްޔަރުކޮށްފައި ވަނީ ރަޝިޔާގެ އިރުމަތީ ވްލަޑިވޮސްޓޮކް ސިޓީންނެވެ. މިއީ ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ރަޝިއާ އިން ހައްޔަރުކުރި ފުރަތަމަ ކޮރެއާ މީހާއެވެ.
މި މައްސަލައާ ގުޅިގެން ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވަނީ އެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި ދެ ގައުމު ދެމެދު ރަސްމީ ވާހަކަތައް ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާތީ އިތުރު ތަފުސީލު ދިނުމަށް އުޒުރުވެރިވާ ކަމަށް ބުނެފައިވެއެވެ.