މުހައްމަދު އައުޒަމް
ޔުނައިޓެޑް އެއާލައިންސް ފްލައިޓެއް ރަންވޭ އިން ނައްޓާލުމާއެކު ފުރޮޅު ނެއްޓިއްޖެއެވެ.
އެމެރިކާގެ ސަންފްރެންސިސްކޯ އެއާޕޯޓުން ފުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުން ނެއްޓުނު ފުރޮޅު އައިސް ޖެހިފައިވަނީ އެވަގުތު އެއާޕޯޓު ސަރަހައްދުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައެވެ.
ޔުނައިޓެޑް އެއާލައިންސްގެ ތަރުޖަމާނު ވަނީ ފްލައިޓުން ނެއްޓިގެން ވެއްޓިފައިވަނީ ޓަޔަރުގެ ބައެއް ކަމަށާއި ޕާކުކޮށްފައި ހުރި ބައެއް ކާރުތަކަށް ގެއްލުންވި ނަމަވެސް އެެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ބުނެފައެވެ.
އެމެރިކާގެ ސަންފްރެންސިސްކޯ އިން ޖަޕާނުގެ އޮސާކާ އަށް 249 ފަސިންޖަރުންނާއެކު ދަތުރުކުރި އެ ފްލައިޓު ވަނީ އިމަޖެންސީކޮށް ލޮސްއެންޖެލިސް އެއާޕޯޓަށް ޖައްސާފައެވެ.
ފްލައިޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފްލައިޓު ގްރައުންޑްކޮށް އިތުރު އެހެން ފްލައިޓަކަށް ފަސިންޖަރުން ބަދަލުކޮށްފައިވާކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ.