ޖަޕާނުގައި ރޮބޮޓް ބޭނުންކޮށްގެން ކާއެއްޗެހީގެ ޑެލިވަރީ ފަށައިފިއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ކާބޯތަކެތި ޑެލިވަރީ ކުރުމަށް ރޮބޮޓު ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ މަޝްހޫރު ޑެލިވަރީ ކުންފުނި އޫބާ އީޓްސް އިންނެވެ.
ބުދަ ދުވަހުން ފެށިގެން އޫބާ އީޓްސްއިން ވަނީ ޓޯކިއޯގެ ބައެއް ސަރަހައްދުތަކުގައި ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށާފައެވެ. އޫބާ އީޓްސްއިން ބުނެފައިވާ ގޮތުގައި، މަގުސަދަކީ މި ގޮތަށް މުޅި ޖަޕާނަށް ހިދުމަތް ފުޅާ ކުރުމެވެ.
ޖަޕާނުގައި މަސައްކަތް ކުރާ ލޭބަރުން މަދުވުމާއި އެ ގައުމުގެ ޓްރެފިކް ގަވާއިދަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޮބޮޓް ބޭނުންކޮށް މަގުމަތީގައި ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވެފައިވާކަމަށް އެއެޕުން ބުނެއެވެ.