ހެއިޓީގެ އެންމެ ބޮޑު ޖަލު ފަލާލައި 4000 ގައިދީއަކު ފިލައިފިއެވެ.
ހެއިޓީގައި ހިނގަމުން ގެންދާ ހަމަނުޖެހުންތަކުގެ ތެރެއިން ހޮނިހިރު ދުވަހު ވަނީ އެގައުމުގެ ގޭންގު ބަޔަކު ހަތިޔާރާއެކު ވަދެ ވެރިރަށް ޕޯޓް އައު ޕްރިންސްގެ ޖަލު ފަޅާލައިފައެވެ.
ޖަލުން ފިލި 4000 ގައިދީން ގެ ތެރޭގައި ބޮޑެތި ކުށްވެރީން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލި މީހުންގެ ތެރޭގައި 2021 ވަނަ އަހަރު، އެ ގައުމުގެ ރައީސް ޖޮވެނެލް މޮއިސް މަރާލި މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހެއިޓީގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެ ގައުމުގެ ބޮޑުވަޒީރު ވަނީ އެފްރިކާގެ ގައުމުތައް ގުޅިގެން ހަދާފައިވާ ސިފައިންގެ ކޯލިޝަނުން ސިފައިން ނެރުމަށް ނިންމައި އެކަން އިއުލާނު ކުރައްވައިފައެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު ފުލުހުން މަރާލާފައިވާއިރު ފަސް ފުލުހަކަށް އަނިޔާވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.