ލަންކާގެ ކިޔަވާކުދިންގެ ދަބަސް ލުއި ކުރުމުގެ މަސައްކަތް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
ލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސެކްރެޓަރީ، ވަސަންތާ ޕެރޭރާ ވިދާޅުވީ އެ ގައުމުގެ ކިޔަވާކުދީންގެ ދަބަސް ބަރުވުމުގެ ސަބަބުން އެ ކުދިންގެ ސިއްހަތަށް ނުރައްކާވަމުންދާކަމަށް ފާހަގަވެފައިވާ ކަމަށާއި މި ފިޔަވަޅު އަޅުއްވަން ނިންމެވީ އެހެންވެގެން ކަމަށެވެ.
ވަސަންތާ ޕެރޭރާ ވަނީ އެ ގައުމުގެ ކިޔަވާ ކުދިންގެ ސިއްހީ ދުޅަހެޔޮކަމަށް ކުރާ މަސައްކަތަކީ އެ މިނިސްޓްރީގެ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށާއި އެ ކުދިންގެ ދަބަސް ލުއި ކުރުމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން މިނިސްޓްރީގައި ވެސް މައްސަލަ ފާހަގަކޮށްފައިވާކަމަށް ބުނެފައެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތުގައި އެންމެ ފުރަތަމަ ކަމަކަށް ވާނީ ކިޔަވާ ކުދިންގެ ފޮތްތައް ޕްރިންޓު ކުރުމުގައި ބަރު ނުވާނެ ގޮތްތަކެއް ހޯދައި އެކުދިން އުފުލަން ހަމައެކަނި ވޯކްބުކް ހިމެނުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.