ނޯވޭގައި ހަމީހުން ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓި އެކަކު މަރުވެއްޖެއެވެ.
ނޯވޭގެ ހުޅަނގުން އޮންނަ އަވަށަކަށް ވެއްޓުނު ހެލިކޮޕްޓަރުން މަރުވެފައި ވަނީ އެއިން ދަތުރުކުރި އަންހެނަކު ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވި ފަސް މީހުންނަށް ބޮޑެތި އަނިޔާވެފައިވާއިރު އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.
ނޯވޭގެ ޕްރައިވެޓް ކުންފުންޏަކަށް ނިސްބަތްވާ އެ ހެލިކޮޕްޓަރު ވެއްޓުނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު ރެސްކިއު އޮޕަރޭޝަން ގައި ވަނީ ދެ އެއާ އެމްބިއުލާންސާއި ހެލިކޮޕްޓަރެއް ބޭނުންކޮށް ދަތުރުކުރި މީހުން ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ.
އޮފިޝަލުން ވަނީ ހާދިސާ ހިނގިގޮތް ތަހުގީގު ކުރުމަށް ކަމާބެހޭ ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.