އާވައްތަރެއްގެ ހަރުފައެއް އެމޭޒަން ޖަންގަލިން ފެނިއްޖެއެވެ.
އެމޭޒަން ޖަންގަލިން އާ ބާވަތެއްގެ ހަރުފައެއް ފެނިފައިވަނީ އެ ޖަންގަލީގައި ދިރާސާއެއް ކުރުމަށް ހަރަކާތްތެރިވި ސައިންސުވެރިންގެ ޓީމަކަށެވެ.
ޔުނިވަސިޓީ އޮފް ކުއީންސްލޭންޑްގެ ސައިންސުވެރިންގެ ޓީމަކުން އީކުއެޑޯގެ އެމޭޒަން ޖަންގަލީގައި ކުރަމުންގެންދިޔައީ މީގެ ކުރިން މައުލޫމާތު ހޯދިފައި ނުވާ ފެހި އެނަކޮންޑާއެއް ހޯދުމުގެ ދިރާސާއެކެވެ. 10 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ އެ ދިރާސާ ކުރާ ޓީމުގައި ސައިންސުވެރިންގެ އިތުރުން އެމޭޒަން ސަރަހައްދުގައި ހަރަކާތްތެރިވާ އާންމުންގެ ބަޔަކުވެސް ބައިވެރިވެއެވެ.
އެމޭޒަން އިން އަލަށް ފެނިފައި ވަނީ އެނަކޮންޑާގެ ބާވަތަކާ ވައްތަރު ހަރުފައެއް ކަމަށާއި މިއީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ހަރުފަ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ސައިންސުވެރިން ވަނީ ހަރުފައިގެ ދިގު މިނުގައި 24.6 ފޫޓު ހުންނާނެ ކަމަށާއި ބަރުދަނުގައި 500 ކިލޯ ހުންނާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައެވެ.