ދުނިޔެ

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓަލައިޓް ވައްޓާލައިފި

މުހައްމަދު އައުޒަމް

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓަލައިޓް ވައްޓާލައިފިއެވެ.

އީއާރްއެސް-2 ސެޓަލައިޓް ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވައްޓާލައިފައިވާ ކަމަށާއި ވެއްޓިފައި ވަނީ ޕެސިފިކް ކަނޑާ ދިމާލުން އަލަސްކާއާއި ހަވާއީއާ ދެމެދަށް ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފައިވެއެވެ.

30 އަހަރުގެ ހިދުމަތަށްފަހު އީއާރްއެސް-2 ސެޓަލައިޓް ވައްޓާލައިފައިވާއިރު އެ ސެޓަލައިޓު ދުނިޔޭގެ ސަތަހައަށް ވަނުމާއެކު ވަނީ އަނދައިގެން ގޮސްފައިކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ސަބަބުން ދުނިޔެއަށް ފޭބި އަޅީގެ އަސަރު އެއްވެސް ބަޔަކަށް ނުކުރާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ބަރުދަނުގައި 2.2 ޓަނު ހުރި އީއާރްއެސް-2 ސެޓަލައިޓަކީ ދުނިޔެ ބަލައި ދިރާސާ ކުރުމަށް 1995 ގައި ތައާރަފުކުރި ސެޓަލައިޓެކެވެ. އެ ސެޓަލައިޓް ވެފައިވަނީ އެޒަމާނުގައި ޔޫރަޕްގައި ތައާރަފުކުރި އެންމެ ކާމިޔާބު ސެޓަލައިޓު ކަމުގައެވެ.