ދުނިޔެ

ނެދަލެންޑުގައި ބްރިޖެއް ވެއްޓި ދެމީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

ނެދަލެންޑުގައި ބްރިޖެއް ވެއްޓި ދެމީހަކު މަރުވެއްޖެއެވެ.

ނެދަލެންޑުގެ އިރުމަތީ ލޯޗެމް ސިޓީގައި މަރާމާތު ކުރަމުން ދިޔަ ބްރިޖެއް ވެއްޓުނު ހާދިސާގައި ދެމީހުން މަރުވެފައިވާއިރު އިތުރު ދެމީހަކަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބްރިޖުގައި މަރާމާތު ކުރަމުންދިޔަ ބައެއް ވެއްޓިފައި ވަނީ ބްރިޖުގެ އެލުވާފައި ހުންނަ ބައެއް ވެއްޓުމުގެ ސަބަބުންނެވެ. ވެއްޓުނު ބްރިޖުގެ ބައިތަކާއެކު މަރުވި ދެމީހުންވެސް ވެއްޓުނީ ކަމަށް އޮފިޝަލުން ބުނެއެވެ.

ނެދަލެންޑް ސަރުކާރުގެ ސަލާމަތާބެހޭ އޮފިޝަލުން ވަނީ މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅިފައި ނުވާކަމަށް ފާހަގަވެފައިވާކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހުންގެ ހާލުވެސް ގޯހެވެ.