ދުނިޔެ

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަލުން ދޫކޮށްލައިފި

މުހައްމަދު އައުޒަމް

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަލުން ދޫކޮށްލައިފިއެވެ.

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަ ޖަލުން ދޫކޮށްލާފައިވަނީ ޕެރޯލްގެ ދަށުންނެވެ. ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ކުށުގައި ޝިނަވަޓްރަ ޖަލަށް ލާފައިވަނީ އޭނާ ގައުމުން ބޭރުގައި އުޅުއްވުމަށްފަހު މިދިޔަ އަހަރުގެ އޯގަސްޓުގައި އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ.

އުމުރުން 74 އަހަރުގެ ޝިނަވަޓްރަ އެއް އަހަރުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކޮށްފައި ވީނަމަވެސް ތައިލެންޑުގެ ރަސްގެފާނު ވަނީ އެ ޖަލު ހުކުމުގެ އެއް އަހަރު މާފު ކޮށްދެއްވައިފައެވެ. ސިއްހީ ހާލު ތަން ނުދޭކަމަށް ވިދާޅުވެ ޝިނަވަޓްރަ ޖަލު ހުކުން ތަންފީޒު ކުރައްވަމުން ގެންދެވީ ފުލުހުންގެ ހޮސްޕިޓަލެއްގައެވެ.

ޕެރޯލްގެ ދަށުން ދޫކޮށްލުމާއެކު ޝިނަވަޓްރަ ވަނީ ބެންކޮކްގައި ހުންނަ އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެންފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ޝިނަވަޓްރަ އާއި މެދު އަމަލު ކުރިގޮތުން ތައިލެންޑުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.