ދުނިޔެ

މޫސުން ދިރާސާކުރާ ސެޓަލައިޓެއް އިންޑިއާއިން ލޯންޗުކޮށްފި

މުހައްމަދު އައުޒަމް

މޫސުން ދިރާސާކުރާ ސެޓަލައިޓެއް އިންޑިއާއިން ލޯންޗުކޮށްފިއެވެ.

އިންޑިއާގެ ޖައްވީ ދިސާރާތަކާބެހޭ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން "އިސްރޯ" އިން ވަނީ އިންޑިއާގެ މޫސުން ދިރާސާކުރާ ސެޓަލައިޓް ކާމިޔާބުކަމާއެކު ލޯންޗުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

އިންޑިއާއިން ލޯންޗު ކުރި ސެޓަލައިޓް އޭގެ މަންޒިލަށް ވާސިލުވެފައިވާކަމަށްވެސް އިސްރޯއިން ބުނެފައިވެއެވެ.

އިސްރޯއިން ބުނީ އެ ސެޓަލައިޓުގެ އެހީގައި މޫސުން ދިރާސާކުރުން އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށާއި އެގޮތުން ބިމާއި ކަނޑުގެ ސަރަހައްދުތަކުގެ މޫސުން ކުރިޔަށް ލަފާކުރެވޭގޮތާއި ތޫފާންތަކާއި ބެހޭ މައުލޫމާތު މިހާރަށްވުރެ އިތުރަށް ފުރިހަމަކޮށް ގެނެސްދެވޭނެކަމަށެވެ.

2.2 ޓަނުގެ ބަރު އެ ސެޓަލައިޓްގެ ބޭނުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިތުރުން އިންޑިއާގެ ފެޑަރަލް މިނިސްޓްރީ އޮފް އާތް ސައިންސާއި އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ހިފަމުން ގންދާނެ ކަމަށް ވެސް އިސްރޯއިން ބުނެފައިވެއެވެ.