މުހައްމަދު އައުޒަމް
ކެންސަރަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން ވަނީ ރަޝިޔާގެ ސައިންސުވެރިން ކުރަމުން އަންނަ މަސައްކަތް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށާއި ވަރަށް އަވަހަށް ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް ވެކްސިން ދޭ ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
ވެރިރަށް މޮސްކޯގައި އޮތް ޓެކްނޮލޮޖީ ފޯރަމެއްގައި ވާހަކަފުޅުދައްކަމުން ޕޫޓިން އިއްޔެ ވިދާޅުވީ ރަޝިޔާގެ މި ކާމިޔާބީއާ އެކު ވެކްސިންގެ ދުނިޔޭގެ މުސްތަގުބަލު އުޖާލާވެ ފުރިހަމަވެގެންދާނެ ކަމަށެވެ.
ރަޝިޔާއިން، ކެންސަރު ވެކްސިންގެ މައުލޫމާތު ހިއްސާކުރި ނަމަވެސް އެ ވެކްސިން ފުރަތަމަ ދިނުމަށް ހަމަޖެހިފައި ވަނީ ކޮން ބާވަތެއްގެ ކެންސަރު ބަލިމީހުންނަކަށް ކަމެއް ނުބުނެއެވެ.
ރަޝިޔާއިން ކެންސަރު ވެކްސިން ކާމިޔާބު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޖަރުމަނުގެ ބަޔޯއެންޓެކް އާއި ގުޅިގެން ވެކްސިން އުފެއްދުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.