ދުނިޔެ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ރޮބޮޓް ބޭނުންކޮށްގެން ސާޖަރީއެއް ހަދައިފި

މުހައްމަދު އައުޒަމް

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ރޮބޮޓް ބޭނުންކޮށްގެން ސާޖަރީއެއް ހަދައިފިއެވެ.

ސްޕޭސް މީރާ ނަމުން ނަން ދީފައިވާ ރޮބޮޓުގެ އެހީގައި ޖައްވުގައި ކުރި އެސާޖަރީއަކީ ސާޖަރީ ހެދުމަށް ކުރި ޑެމޯ ޓެސްޓެއް ކަމަށް ޑިވޮލޮޕަރުން ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ރޮބޮޓް ބޭނުންކޮށްގެން ސާޖަރީ ހެދިއިރު އެ ސާޖަރީ ކުރިޔަށް ގެންގޮސްފައިވަނި 250 މޭލު ދުރުގައި އެމެރިކާގެ ލިންކޮއިންގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ޑެމޯ ސާޖަރީގެ ސަބަބުން މުސްތަގުބަލުގައި ޖައްވުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ދުރުގައި ތިބި ނަމަވެސް ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަރުދަނުގައި 0.9 ކިލޯ ހުންނަ އެ ރޮބޮޓަކީ ކުޑަ މައިކްރޯވޭވެއް ސައިޒުގެ ރޮބޮޓެކެވެ. ސާޖަރީ ކުރުމަށް ބޭނުންވާ މީހާގެ ހަށިގަނޑުގައި އެ ރޮބޮޓް ހަރުކޮށްގެން ކުދި ސާޖަރީތައް ހެދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.