ނަރެންދްރާ މޯދީ

އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފިއެވެ،

މޯދީ ޓުވިޓާ މެދުވެރިކޮށް ގެނެސްދެއްވަމުންދާ މެސެޖުތަކުގައި މިއަދު އެކި ބަސްތައް ފާހަގަކޮށްލެވެއެވެ. އެހެން ބަސްތައް ގެނައުމުގައި ލެޓިން އިން ލިޔުއްވި ނަމަވެސް،، މޯދީ ދިވެހި ބަހުން އެ މެސެޖު ގެނެސްދެއްވީ ތާނަ އަކުރުން ލިޔުއްވައިގެންނެވެ.

މޯދީ ތާނައިން ލިޔުއްވި ޓުވީޓުގައި ވިދާޅުވީ "ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށާއި ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށެވެ.

އޭގެ އިތުރުން ލެޓިން އިން މޯދީ ލިޔުއްވި ޓުވީޓުގައި ވިދާޅުވީ ގާންދީގެ ސުލްހައިގެ ފަލްސަފާ، ދެމެހެއްޓެނިވި ތަރައްގީއާއި ސާފުތާހިރުކަމުގެ ހަރަކާތް ރާއްޖޭގެ ދިރިއުލޫމުގެ ވައްޓަފާޅިން ދައްކުވައިދޭ ކަމަށެވެ.