ދުނިޔެ

ދުނިޔޭގެ ރެކޯޑު ހެދި ދުވުންތެރިޔާ އެކްސިޑެންޓެއްގައި މަރުވެއްޖެ

މުހައްމަދު އައުޒަމް

ދުނިޔޭގެ ރެކޯޑު ހެދި ދުވުންތެރިޔާ އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މިދިޔަ އަހަރު އެމެރިކާގެ ޗިކާގޯގައި އޮތް މެރެތަނެއްގައި ދެގަޑިއިރާއި ތިން ސިކުންތުން މެރަތަން ނިންމައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދި ކެލްވިން ކިޕްޓުން އެކްސިޑެންޓް ވެފައި ވަނީ އޭނާގެ ކޯޗާއި އެކުވެރިޔަކާއި އެކު ކާރުގައި ދުއްވަނިކޮށް ހިނގި އެކްސިޑެންޑެއްގައެވެ.

ކެންޔާގައި ހިނގި އެއެކްސިޑެންޓުގައި ކެލްވިން އަދި ކޯޗު މަރުވެފައިވާއިރު އެ ކާރުން ދަތުރުކުރި އެކުވެރިޔާ ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ފުލުހުން ވަނީ އުމުރުން 24 އަހަރުގެ ކެލްވިން އެކްސިޑެންޓް ވެފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވަނިކޮށް ކޮންޓްރޯލް ނެއްޓިގެންގޮސް ގަހެއްގައި ޖެހިގެން ކަމަށް ބުނެފައެވެ.

ކެލްވިންގެ މަރާއި އެކު މެރަތަން ޖަހާ އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް މީސްމީޑިއާގައި މެސެޖުތައްް ހިއްސާކުރަމުންނެވެ.

ކެލްވިންގެ އިތުރުން އެކްސިޑެންޓްވި އޭނާގެ ކޯޗަކީވެސް މެރަތަން ޖެހުމުގައި ކާމިޔާބުމީހެކެވެ.