ރަޝިޔާއިން ސްޓާލިންކް ބޭނުންކުރާ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.
ޔޫކްރެއިންގެ އިންޓެލިޖެންސުން ވަނީ ރަޝިޔާގެ ސަލާމަތީ ބާރުތަކުން ސްޓާލިންކު ބޭނުންކުރާ ކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ. ސެޓެލައިޓް ބޭނުންކޮށްގެން އިންޓަނެޓް ހިދުމަތް ދޫކުރާ ސްޓާލިންކަކީ އެލަން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން ދޭ ހިދުމަތެކެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިޔަށް ދާއިރު ހަނގުރާމައިގައި މައުލޫމާތު ބަދަލު ކުރުމުގެ އިތުރުން އެހެނިހެން ޓެކްނޮލޮޖީއަށް ރަޝިޔާގެ ސިފައިން ސްޓާލިންކް ބޭނުން ކުރާކަމަށް މީގެ ކުރިންވެސް ޔޫކްރެއިނުން ތުހުމަތުކޮށްފައިވެއެވެ.
ޔޫކްރެއިނުން ޔަގީންކަމާއެކު ބުނި ނަމަވެސް ސްޕޭސް އެކްސް އިން ވަނީ އެ ކުންފުނިން ރަޝިޔާގެ އިތުރުން އެ ގައުމުގެ މިލިޓަރީ އާއި އެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުކުރާކަމަށް ބުނެފައެވެ.
ޔޫކްރެއިނުން ވަނީ ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި އިންޓަނެޓް ހޯދުމަށް ސްޓާލިންކް ޓާމިނަލް ތަކެއް ބަހައްޓާފައިވާ ކަމަށް ތުހުމަތުވެސް ކޮށްފައެވެ.