އެމެރިކާގެ ހެލިކޮޕްޓަރެއް ފަސްމީހުންނާއެކު ގެއްލިއްޖެއެވެ.
އެމެރިކާގެ ސެންޑީއެގޯއިން ލަސް ވޭގަސް އަށް ދަތުރުކުރި އެ ހެލިކޮޕްޓަރު ގެއްލިފައިވާއިރު އެއިން ދަތުރުކޮށްފައި ވަނީ މެރިން ސިފައިންގެ ފަސް މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.
މި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް އެމެރިކާގެ އެއާފޯހުން ފަށާފައިވާއިރު އަދި މިހާތަނަށް ހެލިކޮޕްޓަރުގެ އެއްވެސް ހަބަރެއް ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ނޭވީން ވަނީ އެ ހެލިކޮޕްޓަރަކީ ގިނަ އަދަދެއްގެ ސިފައިންނާއި އާލާތްތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ ހެލިކޮޕްޓަރެއްކަމަށް ބުނެފައެވެ. ގެއްލިފައިވާ ހެލިކޮޕްޓަރުގައި 16 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ހުންނާނެ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ހެލިކޮޕްޓަރު ގެއްލުނު ސަހަރައްދުގެ މޫސުން ގޯސް ނޫން ކަމަށް އޮފިޝަލުން ބުނެފައިވާއިރު ގެއްލިފައި ވަނީ ފަރުބަދަމަތީ ސަރަހައްދަކަށް ކަމުން ރެސްކިއު ޓީމުތަކަށް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.