މުހައްމަދު އައުޒަމް
ޓެސްލާ ދުއްވާއިރު އެޕަލްގެ ވާޗުއަލް ރިއަލިޓީ ހެޑްސެޓް ބޭނުން ނުކުރުމަށް އަންގައިފިއެވެ.
އެޕަލް އިން ދާދި ފަހުން ތައާރަފުކުރި ވާޗުއަލް ރިއަލިޓީ ހެޑްސެޓް ބޭނުންކޮށްގެން ޓެސްލާއެއް ދުއްވައި އެ މަންޒަރު ވީޑިއޯކޮށް އާންމުވުމާއެކު އެމެރިކާގެ ސެކްރެޓަރީ ފޯ ޓްރާންސްޕޯޓް އިން ވަނީ އެއީ ރައްކާތެރި ކަމެއް ނޫން ކަމަށް ހަނދާންކޮށްދީފައެވެ.
ވީޑިއޯގެ މައްސަލަ ހޫނުވެ ގިނަ ބަޔަކު އެއަށް ފާޑުކިޔާފައިވާއިރު އެ ވީޑިއޯ ލި މީހާ ވަނީ އެއީ ޕްރޭންކެއް ކަމަށް ބުނެފައެވެ.
އެޕަލް އިން ދާދި ފަހުން ބާޒާރަށް ނެރުނު ވާޗުއަލް ރިއަލިޓީ ހެޑްސެޓްގެ ގައިޑްލައިންގައި އެ ކުންފުނިން ވަނީ ދުއްވާ ވަގުތު ހެޑްސެޓް ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ފާހަގަވެސް ކޮށްފައެވެ.
ޓެސްލާއިން ވެސް ވަނީ އަބަދުވެސް ޑްރައިވަރު ހުންނަން ވާނީ ކާރު ކޮންޓްރޯލް ކުރެވޭ އަދި ރައްކާތެރިކޮށް ދުއްވޭ ގޮތަށް ސަމާލުވެގެން ކަމަށް ގައިޑްގައި ފާހަގަކޮށްފައެވެ.