ދުނިޔެ

ފޭސްބުކަށް 20 އަހަރު ފުރިއްޖެ

މުހައްމަދު އައުޒަމް

ފޭސްބުކް އަށް 20 އަހަރު ފުރިއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފޭސްބުކަށް 20 އަަހަރު ފުރުނުއިރު، ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ތިން ބިލިއަނަށްވުރެ މަތިވެފައެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އޭނާ ހަވާޑް ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރު އެއްކޮށް އުޅުނު ކުދިންތަކަކާއެކު، އުފެއްދި ފޭސްބުކަށް 20 އަހަރުވެފައި ވަނީ އިއްޔެ އެވެ.

ފޭސްބުކް އާންމުވެ ދުނިޔޭގެ ގިނަ ބަޔަކު ވަނީ އެ ބޭނުންކުރަން ފަށައި ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކުގެ މަގާމު ހޯދައިފައެވެ.

2012 އަހަރު ފޭސްބުކް މަގުބޫލުވެ ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް ވަނީ އަރާފައެވެ. އެ އަހަރު ފޭސްބުކްގެ އާމްދަނީ ވަނީ 104 ބިލިއަން ޑޮލަރަށް އަރާފައެވެ.

ފޭސްބުކަށް ބޮޑެތި ބަދަލުތަކެއް ކޮންމެ އަހަރަކުވެސް ގެންނައިރު ފޭސްބުކްގެ ވެރިޔާ މާކް ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ފޭސްބުކް ރީބްރޭންޑްކޮށް މެޓާ އުފައްދާފައެވެ. އަދި މެޓާގެ ދަށުން ފޭސްބުކް އާއި އިންސްޓަގްރާމް އަދި ތުރެޑްސްގެ އިތުރުން ވަޓްސްއެޕް އޮޕަރޭޓު ކުރަން ވަނީ ފަށާފައެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ ނިސްބަތަށް ބަލާއިރު އެއްވަނައިގައި އޮތް އިންޑިއާގައި 385.6 މިލިއަން މީހުން ފޭސްބުކް ބޭނުން ކުރާކަމަށް މެޓާއިން ހާމަކޮށްފައިވާ މަރުލޫމާތުން އެނގެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ވަންނަނީ އެމެރިކާއިންނެވެ. އެ ގައުމުން 188.6 މިލިއަން މީހުން ފޭސްބުކް ބޭނުންކުރެއެވެ. މީގެ އިތުރުން އިންޑޮނޭޝިޔާއިން 326.3 މިލިއަން މީހުން ފޭސްބުކް ބޭނުންކުރާއިރު ބްރެޒިލް އިން 111.7 މީހުން ބޭނުންކުރެއެވެ.