ސާފް ގޭމްސް 1993ގައި ހުސައިން ރިޔާޒު ސަމަދު ހަދާފައިވާ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު، ހުސައިން ފަޒީލް ހާރޫން މުގުރާލައިފިއެވެ.
ފަޒީލް ރޭ އެ ރެކޯޑު މުގުރާލާފައިވަނީ މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ.
މީގެ 26 އަހަރު ކުރިން ރިޔާޒް ރެކޯޑު ހަދާފައިވަނީ 15:36 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ފަޒީލް ރެކޯޑު މުގުރާލާފައިވަނީ 15:30 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
އެ ކާމިޔާބީގެ އިތުރުން ފަޒީލަކީ 1000 މީޓަރާއި ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަ ދުވުންތެރިޔާއެވެ.