ރަޝިޔާގައި ބޮމެއް ޑެލިވާކުރި މީހަކު 27 އަހަރަށް ޖަލަށްލައިފިއެވެ.
ރަޝިޔާގައި މިދިޔަ އަހަރު މަރުވި ބްލޮގަރު ޓަޓާސްކީ މަރުވި ހާދިސާގައި ގޮވި ބޮން އޭނާއަށް ޑެލިވާކުރި ކަމުގެ ކުށުގައި ޖަލަށް ލާފައި ވަނި އެ ގައުމުގެ، 26 އަހަރުގެ ދާރިޔާ ޓްރެޕޯވާ ނަމަކަށް ކިޔާ އަންހެނެކެވެ.
ދާރިޔާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އިތުރުން މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ.
ދާރިޔާ ވަނީ އޭނާއަށް ޔޫކްރޭނަށް ނިސްބަތްވާ މީހަކު ދިން ޕާރުސަލެއް ހަވާލު ކުރީ ޓަޓަސްކީ އަށް ކަމަށާއި އޭރު އެއީ ބޮމެއް ކކަން ނޭނގޭކަމަށް ބުނެފައެވެ. ދާރިޔާ ބުނެފައިވާ ގޮތުގައި، އޭނާއަށް ހީވެފައި އޮތީ އެއީ ހަދިޔާ ފޮއްޓެއް ކަމަށެވެ. އަދި ބަޔަކު އޭނާއަށް އޮޅުވާލީ ކަމަށް ވަނީ ބުނެފައެވެ.
ދާރިޔާ ހަވާލުކުރި ޕާރުސަލުގައި އޮތް ބޮން ގޮވައި ބްލޮގަރު މަރުވެފައި ވަނީ ރަޝިޔާގެ ސެންޓް ޕީޓާސްބާގްގައި ހުންނަ ކެފޭއެއްގެ ތެރޭގައެވެ.
ރަޝިޔާއިން ވަނީ ބްލޮގަރުގެ މަރުގެ މައްސަލައިގައި ޔޫކްރޭނުގެ މައްޗަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޔޫކްރޭނުގެ އޮފިޝަލުން އެކަމަށް އިންކާރުކުރެއެވެ.