ދުނިޔެ

މާކް ޒަކަބާގް ހަވާއީން އަގުބޮޑު ބިމެއް ގަނެ ބަންކަރެއް ހަދަނީ

މުހައްމަދު އައުޒަމް

މާކް ޒަކަބާގް ހަވާއީން އަގުބޮޑު ބިމެއް ގަނެ ބަންކަރެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މެޓާ ޕްލެޓްފޯމްތަކުގެ ސީއީއޯ މާކް ޒަކަބާގް ހަވާއީން 5000 އަކަފޫޓުގެ ބިންގަރާހެއް ހަދާއިރު އެބިމުގެ އަގު 170 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މާކް ޒަކަބާގް ގަތް ބިމުގައި އޭނާ ވަނީ ލަގްޒަރީ ބަންކަރެއް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ބަންކަރު ހެދުމަށް 100 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު މުޅި އިންވެސްޓްމަންޓުގެ އަގު 270 މިލިއަނަށްވުރެ މަތިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މާކް ޒަކަބާގް އެ ޕްރޮޖެކްޓު ކުރިޔަށް ގެންދަނީ ވަރަށް ސިއްރިއްޔާތުގައެވެ. އެތަނުގައި މަސައްކަތްކުރާ މީހުންނާއެކުވެސް ހާއްސަ އެގްރީމަންޓެއް ހަދާފައިވާއިރު އެ މީހުންނަށް އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބޭނުންކުރުން މަނާކަމަށް އޮފިޝަލުން ބުނެއެވެ.