ދުނިޔެ

އިނގިރޭސިވިލާތުގައި ހަލުވި ސްޕީޑެއްގައި ހިމަބިހި ފެތުރެނީ

މުހައްމަދު އައުޒަމް

އިނގިރޭސިވިލާތުގައި ހަލުވި ސްޕީޑެއްގައި ހިމަބިހި (މީސަލްސް) ފެތުރެން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އެޖެންސީން ބުނީ އެ ގައުމުގައި ހިމަބިހީގެ ބަލިމަޑުކަމެއް ބާރަށް ފެތުރޭ ކަމަށާއި ބޮޑެތި ސިޓީތަކުން ގިނަ ކޭސްތައް ފެންނަން ފަށާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ވަނީ ގައުމީ ފެންވަރުގައި ހިމަބިއްސަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަށް އަންގައި އެލާޓް ނެރެފައެވެ.

އިނގިރޭސިވިލާތުގައި މީސަލްސް ވެކްސިންގެ އާ ޕްރޮގްރާމެއް ފަށާފައިވާ އިރު، އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ދަނީ ވެކްސިން ދިނުން ކުރިއަށްގެންދަމުންނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން މިދިޔަ ނޮވެމްބަރުގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން ހިމަބިހީގެ ކޭސްތައް ދުނިޔޭގައި އިތުވާ ނިސްބަތް ވަނީ ހަލުވިވެފައެވެ. އަދި އެ ބަލީގައި މަރުވާ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.