މުހައްމަދު އައުޒަމް
ޖަރުމަނު މީހަކު 3.12 ސިކުންތުން ކޮފީތައްޓެއް ބޮއެގެން ރެކޯޑެއް މުގުރާލައިފިއެވެ.
ޖަރުމަނުގެ ފެލިކްސް ވޮން މެއިބޮމް ނަމަކަށް ކިޔާ އެމީހާ ވަނީ ދުނިޔޭގައި މިހާތަނަށް ކޮފީތައްޓެއް އެންމެ އަވަހަށް ބުއި މީހާގެ ރެކޯޑު މުގުރާލާފައެވެ.
ވޮން މެއިބޮމް ވަނީ މީގެ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ 0.05 ސިކުންތު އަވަހަށް ކޮފީތަށި ބޮއެފައެވެ.
މީގެ ކުރިން އެންމެ އަވަހަށް ކޮފީ ތައްޓެއް ބުއި މީހާގެ ރެކޯޑު އޮންނަނީ ޖަރުމަނުގެ އެންޑްރޭ އޯޓޮލްފް ނަމަކަށް ކިޔާ މީހެއްގެ އަތުގައެވެ.
ދުނިޔޭގެ ރެކޯޑް ފޮތުން ވަނީ ވޮން މެއިބޮމް ރެކޯޑް މުގުރާލި މަންޒަރު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައެެވެ. އެ ވީޑިއޯއިން އޭނާ ހޫނު ކޮފީ ތައްޓެއް އެއްނޭވާއިން ދަމާލާ މަންޒަރު ފެނެއެވެ.