މުހައްމަދު އައުޒަމް
އާޓިފިޝަލް އިންޓެލިޖެންސް، އޭއައިގެ ސަބަބުން ދުނިޔޭގެ 40 ޕަސެންޓް ވަޒީފާތަކަށް އަސަރުކުރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން ވަނީ އާޓިފިޝަން އިންޓެލިޖެންސް އަކީ ފައިދާ ހުރި ނަމަވެސް އެކަމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ގަވާއިދުތައް ހަދަން ޖެހިފައިވާ ކަމެއް ކަމަށް ބުނެފައެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖިއޯޖިއާ ވަނީ އޭއައިގެ ސަބަބުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ކުރިޔަށް އޮތް މުސްތަގްބަލުގައި ނުރައްކާވެ، އެތައް މިލިއަން ބަޔަކު ވަޒީފާ ދޫކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ 40 ޕަސެންޓް ވަޒީފާތަކަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އިރު، ދަށްފަންތީގެ ގައުމުތަކަށް 26 ޕަސެންޓް ވަޒީފާތަކަށް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް ކްރިސްޓަލީނާ ވަނީ ވިދާޅުވެފައެވެ.
ކްރިސްޓަލީނާ ވަނީ ދުނިޔޭގެ ކުދިފަންތީގެ ގައުމުތަކުން މިހާރުން ފެށިގެން އޭއައިގެ ސަބަބުން ކުރިމަތިވާނެ އަސަރުތަކަށް ބަލައި އެކަންކަމަށް ތައްޔާރުވުމަށް ގޮވާލައްވައިފައެވެ.