ދުނިޔެ

މިމިސްކިތަކުގައި ގިބްލައަށް ކުރިމަތި ނުލައި ނަމާދުކުރެވޭތާ 37 އަހަރު

މުހައްމަދު އައުޒަމް

ތުރުކީގެ މިސްކިތެއްގައި ގިބްލައަށް ކުރިމަތިނުލައި ނަމާދު ކުރެވުނުކަން 37 އަހަރު ފަހުން ފާހަގަ ކުރެވިއްޖެއެވެ.

1981 ވަނަ އަހަރު މިމިސްކިތް ބިނާކުރި އިރު ނުބައިކޮށް ބިނާކުރެވިފައިވުމުން ނަމާދު ކުރާއިރު ކުރިމަތިލެވެނީ ގިބުލައަށް ނޫންކަން ފާހަގަ ކުރެވުނީ އެމިސްކިތުގެ އިމާމަކަށް އަލަށް އައްޔަން ކުރި އީސާ ކަޔާ އަށެވެ. އީސާ ބުނާގޮތުން މިސްކިތުގެ ސަފުތައް އެތުރިފައިވާ ގޮތުން ޝައްކު އުފެދި ރަނގަޅަށް ބަލައިލުމުން ފާހަގަވީ މިހުރިހާ ދުވަހު މީހުން ނަމާދުކުރަމުން ދިޔައީ ގިބްލަ އަށް ވާ ގޮތަށް ނޫން ކަމެވެ.

މިސްކިތުގައި މިދިމާވި މައްސަލަ އާ މެދު އެސަރަހައްދުގެ މީހުންނާއި މަޝަވަރާކުރުމަށް ފަހު އީސާ ވަނީ ނަމާދު ކުރާއިރު ގިބްލަ އަށް ކުރިމަތިލެވޭނެ ގޮތަށް ހުދު ޓޭޕު ބޭނުންކޮށްގެން ތީރު ކުރަހާފައެވެ. އަދި ސަފުހަދާ ފާހަގަވެސް އޭނާ ވަނީ ޓޭޕުއަޅައި ބަދަލުކޮށްފައެވެ.

އީސާ މިމިސްކިތަށް ގެނައިބަދަލު ބަލައިގަނެ މިހާރުވަނީ މިސްކިތުގައި ނަމާދުކުރަން ފަށާފައެވެ.