ޝޯމީގެ ފުރަތަމަ އިލެކްޓްރިކް ކާރު ދައްކާލައިފިއެވެ.
ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ޝޯމީ އިން އެކުންފުނީގެ ފުރަތަމަ އިލެކްޓްރިކް ކާރު ދައްކާލާއި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކާރު ކުންފުންޏަށް ވުމަށް ފެށި މަސައްކަތް ކާމިޔާބު ކޮށްފިއެވެ.
ޝޯމީ އިން ދައްކާލާފައިވަނީ އެކުންފުނިން އުފެއްދި ކާރު އެސްޔޫ7 އެވެ. އެސްޔޫ ގެ ނަމުން ނަންދީފައިވަނީ "ސްޕީޑް އަލްޓްރާ" އަށެވެ. އެއީ އެކުންފުނީގެ ސުޕަ އިލެކްޓްރިކް މޯޓަރު އެކާރުގައި ހުންނާތީއެވެ. މިއީ ޓެސްލާގެ ކާރުތަކާއި ޕޯޝްގެ އިލެކްޓްރިކް ވެހިކަލް ތަކަށްވުރެން ސްޕީޑް ބާރު މޯޓަރެއް ކަމަށް ޝޯމީ އިން ބުނެއެވެ.
ޝޯމީގެ ސީއީއޯ ލެއި ޖޫން ވަނީ މިއީ ބުރަ މަސައްކަތެއްގެ ނިމުން ކަމަށް ބުނެފައެވެ. ލެއި ވަނީ 15 ނުވަތަ 20 އަހަރުގެ މަސައްކަތަކަށްފަހު އެންމެފަހުން ޝޯމީ އަށް މިކުރެވުނީ ކާމިޔާބު މަސައްކަތެއް ކަމަށް ފާހަގަކޮށްފައެވެ.
ޝޯމީ އިން ވަނީ ފުރަތަމަ އިލެކްޓްރިކް ކާރު އަންނަ އަހަރުގެ މެދުތެރޭ ވިއްކަން ފަށާނެ ކަމަށް ބުނެފައެވެ.